މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އިތުރު 1000 ކޯޓާ ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގަައި ކުރިއަށް ގެންދިޔަ، ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސައުދީ ސަރުކާރުން މިއަހަރުވެސް ހައްޖަށް ދިއުމަށް ރާއްޖެއަށް 1000 ކޯޓާ އިތުރަށް ދީފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ފުރުސަތު ދިން އިރު، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ދީފައިވާ ކަމަށް އަޑު ފެތުރި ނަމަވެސް، އޭސީސީން ތަހްގީގު ކުރުމަށް ފަހު އެކަން ދޮގުކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް އެމައްސަލަ އިތުރަށް ބޮޑަށް ބައްލަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ހައްޖަށް ގެންދިއުމަށް މިއަހަރު ހުއްދަ ދީފައިވަނީ، ހައްޖު ކޯޕަރެޝަނާއި،ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕާއި މިނާ ހައްޖު އުމްރާ އަދި އެކްރޯ ޕްރައިވެޓް ލިމިޓޭޑުގެ އިތުރުން އަލް ހަރްމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް އަށެވެ.