ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީއަކީ މި ޤައުމުގެ އެންމެ ބޮޑު ކުށްވެރިޔާކަމަށާއި، ލުތުފީއަށް މާފު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެެވެ.

މިއަދު ރައީސް އޮފީހުގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިހް ވިދާޅުވި، ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ޚާއިނު ކަމަށާއި ބާރު އޮތް ނަމަވެސް އޭނާ އަށް މައާފު ނުދެއްވާނެ ކަމަށާއި އޭނާ ޖެހޭނީ ހުކުމް ތަންފީޒުކުރަން ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ، ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން އުޅެނީ، ލަންކާގެ އެޓާނީ ޖެނަރަލް އޮފީހުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށާއި، އެގައުމުގެ އެޓާނީ ޖެނަރަލުގެ އޮފީހުން ހުއްދަ ލިބޭއިރަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނީ މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށާއި އެ މައުލޫމާތު އެމަނިކުފާނަށް އެދުވަހު ލިބިވަޑައިގެންނެވި ކަމަށެވެ.

މިހާރު ލަންކާގެ ސީއައިޑީން ލުތުފީގެ ބަޔާނެއް ނަގައި ލުތުފީ މާލެ ގެނައުމަށް މައްސަލައެއް ނެތް ކަމަށް ލަންކާގެ ސަރުކާރަށް އަންގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ލުތުފީ ރާއްޖެ ގެނައުމަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރަންޖެހޭ ކަމަށްބުނެ ދެއްކެވި ވާހަކަތަކަށް ރަައްދު ދެއްވަމުން ރައީސް ވިދާޅުވީ، އޭނާ ގެންނަން ވިސާ އޯވާސްޓޭ ކުރުމުން 3،000 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި އޭނާ ގެނައުމަށް ޓިކެޓް ދައުލަތުން ދޭނެ ކަމަށެވެ.

ރައީސް ޞާލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލުތުފީ މިވަގުތު ހުންނެވި ތަނެއް ހާމަކުރައްވާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *