އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ރައީސްކަމުގެ މަގާމަށް މުއައްވިޒު ރަޝީދު އިންތިހާބުކޮށްފިއެވެ.
މުއައްވިޒު ރަޝީދު ކުރިން ހުންނެވީ، އެކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމުގައެވެ.
އޭސީސީގެ ރައީސްކަމުގެ މަގާމަށް މުއައްވިޒު މިއަދު އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުންނެވި، ހަސަން ލުތުފީ އެމަގާމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މުއައްވިޒު އެމަގާމަށް އިންތިހާބު ކުރީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައި، ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މުއައްވިޒު ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން ހުސްވެފައިވާ ނައިބު ރައީސް ކަމަށް މެމްބަރަކު އިންތިހާބު ކުރާނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކޮމިޝަންގެ ޖަލްސާގައެވެ.