ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް އަޅަން ނިންމި ދެ ޓަވަރުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ޓަވަރުތަކުގެ މަސައްކަތް ފެށިއިރު، ސަރުކާރުގެ އެހެން ކުންފުނިތަކާއި އިދާރާތަކުން އަޅަން ނިންމި ޓަވަރުތައް ނާޅަން ނިންމައި އެ މަޝްރޫއުތައް ވަނީ ބާތިލްކޮށްފައެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކޮންކްރިޓް އެޅުމުގެ މަސައްކަތްކަމަށެވެ.
"މިހާރު ކުރިއަށް ދަނީ ކޮންކްރިޓް އެޅުމުގެ މަސައްކަތާއި ޓާވާ 1 ގައި ފައުންޑޭޝަންގެ ދަގަނޑު އެތުރާފައި ކޮލަމްތަކުގައިވެސް ދަގަނޑުތައް ޖަހާފައި ދެން އޭގެ ހުއްދަ ހޯދުމަށްޓަކައި ހުއްދަ ހައުސިން މިނިސްޓްރީން އޮތީ ދީފައި. އެހެން ނަމަވެސް އެޗްޑީސީން ޖެހޭނެ އެޕްރޫވްކޮށްލަން. އެއްޗީޑީސީން އެޕްރޫވް ލިބުނުހާ އަވަހަކަށް ކޮންކްރިޓްވެސް އަޅަން ފަށާނަން." އެމްޓީސީސީގެ ސީއީއޯ، ހަސަން ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީގެ ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.