ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމްއިން ތެޔޮ ގަތުމަށް ފަހު އެސްޓީއޯއަށް ނުދައްކާ ހުރި، 19 މިލިއަން ރުފިޔާގެ މައްސަލަޔާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

މެރީޑިއަމްއިން އެސްޓީއޯއަށް ދައްކަން ޖެހޭ އެ ފައިސާގެ މައްސަލަ ހައިކޯޓުގައި ނުނިމި އޮތީ އެސްޓީއޯއިން ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ގެއްލުފައިވުމުންނެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވީ، މެރީޑިއަމްއިން ދައްކަން ޖެހޭ 19 މިލިއަން ރުފިޔާއާ ގުޅޭ ޕްރިންޓެޑް ލިޔެކިޔުންތައް ގެއްލިފައިވީ ނަމަވެސް، އެ ލިޔުންތަކުގެ އަސްލު ކޮމްޕިޔުޓަރު ސިސްޓަމްތަކަކުން ފެނިފައިވާ ކަމަށާއި އެތަކެތި މިހާރު ހައިކޯޓާ ހަވާލުކޮށް މައްސަލަ ނިންމައި ދިނުމަށް އެދިފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ، އެ މައްސަލަ ނުނިމި ދިގުދެމިގެންދާތީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *