ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ނުކިޔަމަންތެރިކަން ދައްކި މީހެއްގެ އަތުގައި ބިޑި އަޅުވަން އުޅުމުގެ ތެރޭގައި، އެމީހާގެ އަތަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިމަހުގެ 7 ވަނަ ދުވަހު ޑްރަގް ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު، އިއްޔެ ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން އޭނާ ނުކިޔަމަންތަރިކަން ދައްކަން އުޅުމުން، އެނާގެ އަތުގައި ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް އަނިޔާވަފެއިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ އަތުގައި ރިއްސާކަމަށް ބުނުމުން އޭނާ ޑޮކްޓަރަށް ދެއްކުމުން، އޭނާގެ އަތުގައި ފްރެކްޗަރއެއް ވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. ފުލުހުންގެ ހަރަދުގައި ބޭސް ފަރުވާ ކޮށްދިނުމަށްފަހު އެމީހާ މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައި ކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާރު އެމައްސަލަ ދަނީ އިތުރަށް ތަހްގީގު ކުރަމުން ކަމަށެވެ.