އިންޑިއާގެ ކޮޗިން އާއި ރާއްޖޭގެ ދެކުނުގައި އޮންނަ ހދ. ކުޅުދުފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމްކުރާ އެމްއޯޔޫއަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފިއެވެ.

އިންޑިއާ އަދި ރާއްޖެއާއި ދެމެދު ފެރީގެ ނިޒާމު ގާއިމުކުރަން އެމްއޯޔޫއެއްގައި ސޮއި ކުރީ މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ އެބޭފުޅާ ދެވަނަ ދައުރަކަށް ބޮޑު ވަޒީރުކަމަށް އިންތިހާބުވެ ވަޑައިގެން މަގާމާއި ހަވާލުވުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުުރުފުޅެވެ.

މޯދީގެ އެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ވަނީ ގިނަ އެމްއޯޔޫތަކެއްގައި ސޮއި ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ސޮއި ކުރެވިގެން ދިޔަ، ރާއްޖެއާއި އިންޑިއާއާއި ދެމެދުގެ ފެރީގެ ނިޒާމާއި ދޭތެރޭ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން އަދި ކޮންބޮޑުވުން ފާޅުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *