ކުޅަދާނަ ޒުވާން ބަތަލާ ތާޕްސީ ޕަންނޫއަށް އަނެއްކާވެސް ބައޮގްރަފިކަލް ފިލްމެއް ކުޅެން ހުށަހެޅުމެއް ލިބިއްޖެއެެވެ.

އިންޑިއާގެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ މިތާލީ ރާޖްގެ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށްގެން ހަދާ، ބައޮގްރަފިކަލް ފިލްމުގައި މިތާލީގެ ރޯލު ކުޅުމަށް ވަނީ ތާޕްސީއަށް ހުށަހަޅާފައެވެ.

މިތާލީގެ ދިރިއުޅުމުގެ މައްޗަށް ހަދައި އެ ފިލްމު އުފެއްދުމަށް ހަމަޖެހިފައިވަނީ، ވަޔަކޮމް 18 އިންނެވެ. އެ ފިލްމު ކުންފުނިން ވަނީ މިތާލީގެ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށްގެން ފިލްމެއް އުފައްދާނެ ކަމަށް މީގެ 2 އަހަރު ކުރިން އިއުލާންކޮށްފައެވެ.

އިންޑިއާގެ ބައެއް ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އަދި ފިލްމުގެ ޝޫޓިންތައް ފެށުމުގެ ކުރިން ތާޕްސީ ކްރިކެޓް ކުޅެން ދަސްކުރަން ޓްރެއިނިންގވެސް ހަދާނެއެވެ.

މިތާލީގެ ފިލްމާއެކު ބޮޑު ސްކްރީންގައި ކްރިކެޓް ތަރިއެއްގެ ރޯލް ކުޅެން ތާޕްސީއަށް ލިބުނުއިރު، އޭނާގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *