ރާއްޖެއަށް ބޭނުންވާ ބޭސްތަކެއް ސްޓޭޓް ޓްރެޑިންގް އޯގަނައިޒޭޝަނުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ބަލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ)އަށް އެސްޓީއޯގެ އިސްވެރިން ހާޒިރުކޮށް، ކޮމެޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެސްޓީއޯގެ ފަރާތުން ބުނީ، ރާއްޖެއިން ބޭނުން ނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި، މިހާރު ދަނީ އެމައްސަލަ ތަހްގީގު ކުރަމުން ކަމަށެވެ.

އެސްޓީއޯއިން ބުނީ ރާއްޖެއަށް ބޭނުންވާ އެ ބޭސްތައް އެތެރެކޮށްފައިވަނީ ސިސްޓަމުންވެސް ބޭރުން ކަމަށެވެ. އަދި އެސްޓީއޯ އެތެރޭގައި އިންޓާނަލް އޮޑިޓެއް ހެދުމަށްފަހު އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ކަމަށެވެ.

އެހެންނަމަވެސް، އެސްޓީއޯއަކުން އެ ކޮން ބާވަތެއްގެ ބޭހެއް ކަމެއް އަދި އެގޮތަށް ގިނައީ ކިހާ އަދަދެއްގެ ބޭހެއް ކަމެއް ހާމައެއް ނުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *