އާއްމުކޮށް ނުބާނާ ސައިޒުގެ ބިޔަ ފާނައެއް ރާއްޖޭގެ މަސްވެރިޔަކު ބާނައިފިއެވެ.
"ދިވެހި މަސްވެރީން" ޕޭޖުން ހިއްސާކޮށްފައިވާ ވީޑިއޯ އިން ފެންނަގޮތުން މިފާނަ ދޯންޏަށް ނަގާފައިވަނީ ވާ ޖަހައިގެން ހަތަރު މީހުންގެ މަސައްކަތުންނެވެ.
ބަރުދަނުގައި 74 ކިލޯ ހުރި މި ފާނަ ބާނައިފައިވަނީ ގދ ފިޔޮރީ ކައިރިންނެވެ.
މީގެ 4 ދުވަސް ކުރިން ދިވެހި މަސްވެރިޔަކު ވަނީ 30 ކިލޯ ހުރި ބޮޑު ރަތް މަހެއްވެސް ބާނާފައެވެ.