ގދ.ރަތަފަންދޫގައި ރޭ މެންދަމު މަރުވި އަންހެން މީހާގެ މަރުގައި އާދަޔާހިލާފް ކަމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރަތަފަންދޫގައި މަރުވި އަންހެން މީހާގެ މައްސަލައިގަ މިހާތަނަށް ފުލުހުން ބެލި ބެލުމުން އާދަޔާއި ހިލާފް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އަންހެން މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް އެމީހާ ބެލި ޑޮކްޓަރުވެސް ބުނެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ބަލަން ޖެހޭ ކަންކަން ނިންމާފައި މިހާރު އެ އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާއި ވަނީ ހަވާލުކޮށްފައި ކަމަށެވެ.

އެ އަންހެންމީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *