ރާއްޖޭގެ އަށް އެހީތެރިކަން ބޭނުންވާ ދެ ދާއިރާ އަކަށް ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 456 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
ވޯލްޑް ބޭންކުން ދޭ މި ފައިސާގެ ތެރޭގައި ލޯނާއި ހިލޭ ހިމެނޭއިރު، އެ ބޭންކުން ބުނީ ރާއްޖެ އަށް އެހީތެރިކަން ދެނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމާއި ބަޖެޓުގެ ހަރަދުތައް ދެމެހެއްޓުމުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ.
އެގޮތުން ބަޖެޓުގެ ހަރަދުތައް ބަލަހައްޓަން އެހީތެރިކަމުގެ ގޮތުގައި 20 މިލިއަން ޑޮލަރު ދީފައިވާއިރު ގުދުރަތީ ކާރިސާ ތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފައެވެ
ވޯލްޑް ބޭންކަކީ އަބަދުވެސް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.