ހުށަހަޅާފައިވާ ޝަކުވާތަކަކާއި ގުޅިގެން ބާ ކައުންސިލްގެ އިންތިހާބީ އުސޫލުތަކަށް އިސްލާހު ގެންނަން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ އެކްޒެކިއުޓިވް ކޮމެޓީ އިންތިހާބުގެ އުސޫލުގެ 17 ވަނަ މާއްދާ އަދި 22ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެކޮމިޝަނުން ނިންމާ، އެ ގެޒެޓް ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލައި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާނީ ބާ ކައުންސިލް އިންނެވެ.
ބާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ބަންޑާރަ ނައިބާއި، ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރަށް މެންބަރުންގެ ގޮތުގައި ތިބޭ ހަ ވަކީލުންނެވެ.