އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާ  އަލުން އެ ސިޓީ ފޮނުއްވުމުން އޭނާ މަގާމުން ވަކިވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ލުތުފީ ސޮއިކުރައްވާފައި އޮތް ސިޓީއެއް މިހާރު ލިބިފައިވާ ކަމަށާއި އެހެންކަމުން ލުތުފީ މަޤާމުން ވަކިވެފައިވާ ކަމަށެެވެ.

ގާނޫނުގައި އޮންނަ ގޮތުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުން އިސްތިއުފާ ހުށަހަޅުއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އިސްތިއުފާ ދެއްވި ކަމުގެ ލިޔުން ރައީސަށް ލިބިވަޑައިގަތުމާ އެކު އެ މެމްބަރަކު އެ މަގާމުން ވަކިވީ އެވެ.

ލުތުފީ އިސްތިއުފާ ދެއްވާފައި މިވަނީ ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ދިގު މުއްދަތަކަށް އޮފީހަށް ހާޒިރުނުވާތީ، މަޖިލީހުގެ ކޮމެޓީން އޭނާ މަގާމުން ދުރުކުރުމަށް ތަޅުމަށް ފޮނުވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *