ރާއްޖޭގެ މޫދު ކުޅިވަރު ކުރިއަރުވާ ތަރައްގީ ކުރުމުގެ ގޮތުން ފަސް ރަށެއްގައި ސާފް ޕޮއިންޓްތައް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ. ގައްދޫ އަދި ފުއައްމުލަކުގައި ސާފިން ސްޕޮޓްތައް ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެރަށްރަށުގައި ސާފިން ޕޮއިންޓްތައް ޤާއިމް ކުރާނީ ސާފިން އެސޯސިއޭޝަނާ ގުޅިގެން ކަމަށްވެސް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ. 

މިނިސްޓަރ މަހުލޫފު އިތުރަށް ވިދާޅުވީ، ސާފިންއަކީ މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ގެނެސްދީފައިވާ ކުޅިވަރެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *