ސިނަމާލެ ބުރިޖު ހެދި އިރު އެ ސަރަހައްދުގެ ކަނޑު އަޑިއަށް ގިނަ އަދަދެއްގެ ދަގަނޑާއި ކުނި އަޅާފައިވުމުން ޕްލޭނިންގް މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޕްލޭނިންގް މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ، 892500 ރުފިޔާއިންނެވެ.

އީޕީއޭއިން ބުނީ އެމްއެންޑީއެފް މެދުވެރިކޮށް ކުރި އިންސްޕެކްޝަންތަކުން ބުރިޖު އެޅި ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަގަނޑު ހިމެނޭ ކަމަށެވެ.

އީޕީއޭއިން ބުނެފައިވަނީ އެ މަޝްރޫއުގެ ވެރިފަރާތަށް ދީފައިވާ އީ.އައި.އޭ. ޑިޒިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޚިލާފަށް އެއްވެސްކަމެއް ހިނގައިފިނަމަ އެކަން އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން މިއެޖެންސީއަށް ރިޕޯޓުކޮށްފައިނުވާ ކަމަށާއި އެޖެންސީގެ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކަށް ޖަވާބުދާރީ ވެފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ބުރިޖު ހެދި ހިސާބު ގަނޑުގައި ބޮޑެތި ދަނގަޑުތައް އެކުލެވޭތީ އާންމުންވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުުން ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *