އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބުދަ ދުވަހުގެ ރޭ ކާނިވާގައި ބާއްވަ އެެއްވުން ބޭއްވުމަށް ހުއްދަ ދީފިއެވެ.
ޕީއެންސީން ވަނީ ޕްލޭނިންގް މިނިސްޓްރީން އެ އެއްވުން ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށް ބުނެފައެވެ.
މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އަދި ފީއެންސީ ގުޅިގެން ބާއްވާ އެ އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވާނެ ކަމަށް އެ ދެ ޕާޓީން ވަނީ ބުނެފައެވެ.
އެ އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައެވެ.
އެ އެއްވުމަކީ މިހާރު ވެރިކަން ކުރަމުންދާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި މެދު ނުރުހުން ފާޅުކޮށް ޖަވާބުދާރީ ކުރުވުމުގެ ގޮތުން ބާއްވާ އެއްވުމެކެވެ.