ބާ ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީިދު ވާދަ ކުރައްވަން ނިންމައިފިއެވެ.

ގާނޫނީ ވަކީލް ވަނީ އެބޭފުޅާ ކުރެއްވި ޓުވީޓެއްގައި އެމަގާމަށް ކުރިމަތިލާކަން ހާމަކުރައްވާފައެވެ.

އެބޭފުޅާ ވިދަޅުވީ، އެ މަގާމަށް ކާމިޔާބު ކުރެއްވިއްޖެނަމަ ބާ ކައުންސިލަކީ މިނިވަން ތަނަކަށް ހަދާނެ ކަމަށެވެ. އަދި ހައްގު ބަސް ބުނާނެ ކަމަށެވެ.

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް ވަނީ ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައެވެ.

އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *