ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ރަތަފަންދޫގައި މަރުވި އަންހެނެއްގެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ގދ. ރަތަފަންދޫ ހެލްތު ސެންޓަރަށް ގެނައި 44 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ސެންޓަރުގެ ފަރާތުން ފުލުހުންނަށް ދީފައިވަނީ ރޭ 2:44 ހާއިރު ކަމަށެވެ.

އެގޮތުން އެ އަންހެން މީހާ ހެލްތު ސެންޓަރަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ.

އަދި އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *