ގައުމުގެ ތަރައްގީއަށް މި ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް އޮތް ދޮޅު މަސްދުވަސް ތެރޭގައި އާއްމުކުރެވޭނެ ކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޕްލޭނިނގް މިނިސްޓަރު ހާޒިރުކޮށް، މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ގައުމީ ތަރައްގީއަށް ސަރުކާރުން އެކުލަވާފަލާފައިވާ ފަސްޓް ޑްރާޕްޓް ޕްލޭން ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ އެހީ މިހާރު ދަނީ ހޯދަމުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ސަރުކާރުން އެކުލަވާލާފައިވާ "ސްޕެޝަލް ޕްލޭން"އަށް ކެބިނެޓްގައި މަޝްވަރާކުރުން ކަމަށެވެ.
ޕްލޭނިންގް މިނިސްޓަރު އަސްލަމު އިތުރަށް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭނަކީ އާއްމުކުރުމަށްފަހު ބާއްވާނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއަށް ބަދަލުތައް ގެނެސް ގޮތް ކިޔުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށެވެ.