ހުޅުމާލޭގައި އާއްމުންނަށް ކުއްޔަށް ދޫކޮށްފައި ހުރި ފްލެޓްތަކުގެ ކޮމަން އޭރިއާ ބޭނުންކުރަނީ ގަވައިދުތަކާއި އެއްގޮތަށް ތޯ ބެލުމަށް ނިންމައިފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ، އަދި އިގުތިސޯދީ އެކި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ގާއިމު ކުރަން ވަކި ގޮތަކަށް ޕްލޭން ކޮށްފައިވާ ރަށެއް ކަމަށާއި، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެފަދަ މާހައުލެއް ހުޅުމާލޭގައި ގާއިމުކުރެވޭތޯ ކަމަށެވެ.
އެގޮތުން، އެޗްޑީސީން ބަލާނީ ފްލެޓް ތަކުގެ ކޮމަން އޭރިއާ ބޭނުންކުރަނީ ކިހިނެތްތޯއާއި އަދި އިމާރަތްތަކަށް ގެއްލުން ވާގޮތަށް ގަސް އެއްޗެހި އިންދާފައި ހުރޭތޯއެވެ.
އަދި އެ ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރޭތޯ ބެލުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.