ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ މާލިއްޔަތު ގަވައިދާއި ހިލާފަށް ކަމަށް ހާމަވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، ޖަނަވަރީ 22، 2015 ގައި އެ އޮފީހުން ފިނޭންސަށް ފޮނުވި ސިޓީއެއްގައި 120،000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައި އެ ފައިސާ ދަތުރު ހަރަދުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދުނެވެ. އެހެން ނަމަވެސް، ފިނޭންސުން އޭރު ހުއްދަ ދީފައި އޮތީ ޕީޖީ އޮފީހުގެ ޕެޓީ ކޭޝްގެ އަދަދު 10،000 ރުފިޔާއިން 60،000 ރުފިޔާއަށް އިތުރުކޮށް އެ ފައިސާގެ ތެރެއިން ދަތުރު ހަރަދު ކުރުމަށް އަންގައިފައެވެ.

އެހެން ނަމަވެސް، އޮޑިޓް ރިޕޯޓްގައި ބުނީ، 2015 އިން ފެށިގެން މިދިޔަ އެޕްރީލްގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕެޓީ ކޭޝްގެ ބޭރުން ޓްރެވަލް އެޑްވާންސްގެ ނަމުގައި ނަގުދު ފައިސާ ނަގައި އެ އޮފީހުގެ ދަތުރުތަކަށް ހަރަދު ކުރަމުން ގޮސްފައިވާ ކަމަށެވެ.

ހަތަރު ޕްރޮކިއުމަންޓް ޕްރޮޖެކްޓަކަށް 1.84 މިލިއަން ރުފިޔާ އެ އޮފީހުން ހޭދަކުރި ނަމަވެސް، ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ 92،019 ރުފިޔާ އުނިކޮށްފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *