ހުޅުމީދޫ މެދު ބަނދަރު ތަރައްޤީ ކުރުމަށް 90 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހުޅުމީދޫ ބަނދަރުގެ ޝަކުވާ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ ބަނދަރު ބޭނުން ކުރެވޭ ގޮތް ހެދުމަށް އެމްޓީސީސީ އާއި އެކު ދިރާސާކުރަމުން އަންނަ ކަމަށާއި މިހާރު އެކަމަށް ހޭދަވާނެ ހަރަދު އެނގިފައިވާ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، އެމްޓީސީސީން ބެލި ބެލުމުން ހުޅުމީދޫގެ ބަނދަރު ދުންކޮށް ބޭނުންކުރެވޭ ވަރު ކުރުމަށް 90 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ ބަނދަރުގެ މަސައްކަތްތައް ކުރުމަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެކުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ހުޅުމީދޫގެ ބަނދަރު ހުޅުވާފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައެވެ/