ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލާފައި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޞާލިހްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ރައީސް ޙަލީމާ ޔަޢުޤޫބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވައިލައްވާ އެބޭފުޅުންގެ ބޭނުންތައް އޮޅުންފިލުއްވާފައެވެ.
ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ހުންނަ، އޯކިޑް ގާޑެންއަށް ޒިޔާރަތް ކުރައްވާ އެތަންވެސް ބައްލަވާލައްވާފައެވެ.