ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ތަރިކަމަށްވާ ސަލްމާން ހާން، މިހާރު ޝޫޓިންތައް ކުރިއަށް ގެންދާ އޭނާގެ ފިލްމު "ދަބަންގް 3"ގެ ބައެއް މަންޒަރުތައް ކުޅުމަށް ބަރުދަނުން 7 ކިލޯ ލުއި ކުރަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ފަތުރާ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، "ދަބަންގް 3" ގައި ސަލްމާން ފެނިގެންދާނީ ވަރަށް ތަފާތުކޮށެވެ.
ވޭތުވެދިޔަ ހަފްތާ ތެރޭގައި ސިލްމާން ހާން ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓްތަކުގައި، ބަރުދަން ލުއި ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ. އޭނާ ވަނީ ޖިމަށް ގޮސްފައި ވެސް ވަރަށް ގިނަ ފޮޓޯ ހިއްސާކޮށްފައެވެ.
ސަލްމާން ހާން އަކީ އަބަދުވެސް ވަރަށް ފިޓް ކޮށް ހުންނަ ތަރިއެކެވެ. ނަމަވެސް "ދަބަންގް 3" ގައި، އޭނާ ފެނިގެންދާނީ މިހާރަށްވުރެ ވެސް ފިޓް ކޮށް އަދި ހިކިކޮށެވެ.
"ދަބަންގް 3" ބެލުންތެރިންނަށް ދައްކާލުމަށް ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 20 ގައެވެ.