މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ވޭންހުރި، އަދި އެންމެ އުދަނގޫ އެއް ދުވަސްވަރެވެ. އެ ދުވަސްވަރު މައިމީހާއަށް އެކި އުދަނގޫތައް ތަހައްމަލު ކުރަން ޖެހެއެވެ. އެގޮތުން މާބަނޑު ބައެއް އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކަށް މި މައްސަލަ ކުރިމަތިވެއެވެ.
މާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕާ ސަބަބު
މާބަނޑު ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ވެއިން ތަކުގައި ނުވަތަ ހަށިގަނޑުގެ ކަނާތް ފަރާތުގައި ހުންނަ ބޮޑެތި ލޭނާރު ތަކުގައި ޕްރެޝަރު އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސްދިނުން ކުޑަވާގޮތްވެއެވެ. މިހެން ދިމާވަނީ މައިމީހާގެ ރަހިމުގައި ހެދިބޮޑުވަމުން އަންނަ ދަރިފުޅާއި، މަހާއި، ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. މިގޮތަށް ލޭނާރުތަކަށް ފިއްތާ ފިއްތުމުގައި ޅިނދު ހިމެނޭ ހިސާބުގައި ހިމެނޭ ލޭނާރުތައް ފިތޭގޮތް ވުމަކީ އެކަށީގެންވާ ކަމަށެވެ،
މާބަނޑު ދުވަސްވަރު ލޭނާރު ފުއްޕުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕަނީ ނަމަ އެކަމުން އެކަމުން ރައްކާތެރިވުމަށް ކުރެވޭނެ އެތައް ކަމެއް އެބަހުށްޓެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
- އަރާމުކުރުމަށް އެދުގައި އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން : ވާތް ފަރާތަށް އޮތުމަށް ބާރުއަޅަނީ ހަށިގަނޑުގެ ތިރީ ބައިތަކުން ހިތާއި ދިމާލަށް ލޭގެންގޮސްދޭ މައިލޭހޮޅި "އިންފީރިއާ ވީނާކޭވާ" އިންނަނީ ހަށިގަނޑުގެ ކަނާތްފަރާތުގައި ކަމަށްވާތީ، ވާތް ފަރާތަށް ބުރަވެ، އޮތުމުން އެލޭނާރަށް ފިއްތުން ކުޑަކުރެވޭނެތީ އެވެ.
- އެއްތަނެއްގައި މާގިނައިރު އިށީދެގެން ނޫނީ ކޮށްޅަށް ނުހުރުން : މިގޮތަށް ހުންނަށް ޖެހިއްޖެނަމަ ހަރަކާތްކޮށްލާ ކޮށްލާ ހުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ½ އިރަކުން ކޮންމެވެސް ހަރަކާތެއް ކޮށްލައި ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
- ގަވާޢިދުން ކަސްރަތުކުރުން : އެގޮތުން ހަފްތާއަކު 5 ދުވަހު ދުވާލަކު ½ ހާއިރު ނުވަތަ ހަފްތާއަކު 3 ދުވަހު ދުވާލަކު ގަޑިއެއްހާއިރު ކަސްރަތު ކުރެވިދާނެ އެވެ. ނޫނީ ހަފްތާއަކު މަދުވެގެން 150 މިނިޓް ވަންދެން ބަހާލައިގެން ކަސްރަތުކުރެވިދާނެ އެވެ. ފައިތިލައިން ކުދިކުދި ކަސްރަތުތައް ކުރެވިދާނެ އެވެ.
- މާބޮޑަށް ހަށިގަނޑު ފަލަވިޔަނުދިނުން
- ފަޔަށް ބާރު އިސްޓާކީން، ސްޓޮކިން، ރަބަރު ބެލްޓް ފަދަ ތަކެތި ބޭނުންނުކުރުން.
މަސްދަރު: ހަވާސާ