ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކަށް ނަމްބަރު ދޫކުރާ އުސޫލު ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ހުށަހެޅުމަށާއި ނިމިފައިވާ ހިދުމަތް (ޑެލިވަރީ) ދޫކުރުމަށް މީގެ ކުރިން ވަކި އަދަދަކަށް ނަމްބަރު ދޫކުރަމުން ދިޔަ ނަމަވެސް، އޭގެ ބަދަލުގައި މިހާރު އެކަމަށް ވަކި ގަޑިއެއް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ވަކި އަދަދަކަށް ނަމްބަރު ދޫކުރުމުގެ ބަދަލުގައި މިހާރު ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް ނަމްބަރު ދޫކުރުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 11:00 އަށް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރޮޓީން ބުނީ، މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަދަލު ގެންނަން ނިންމީ އެ އޮތޯރިޓީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *