ހުން ޖެހޭ މީހުން އިތުރުވެ، އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްއެއް ގާއިމްކޮށްފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރު އެ ހޮސްޕިޓަލަށް ރޯގާ ޖެހިގެން ފަރުވާ ހޯދަމަށް އަންނަ ބަލި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި, އެހެންކަމުން މިއަދުން ފެށިގެން އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުން ޑޮކްޓަރަށް ދެެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ފުލޫ ކްލިނިކުން ހިދުމަތް ދެމުން ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 12:00 އަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ޖޫން މަހުގެ މެދުތެރެއިން ފެށިގެން އިންފްލުއެންޒާ ބީ ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *