މާލޭގައި ޕާކް ކުރާނެ ރަނގަޅު އިންތިޒާމުތައް ގާއިމުނުކޮށް، ގަވައިދާއި ހިލާފް ޕާކް ކުރުމުން އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލައިގަ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ސްޓިކާ ޖަހައި މައްސަލައިގަ މަޖިލީހަށް ގެނެސް ޖަވާބުދާރީ ކުރުވަން ހުށަހެޅީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ޖާބިރު ވިދާޅުވީ، މާލޭގައި ޕާކްކުރާނެ ރަނގަޅު އިންތިޒާމުތަކެއް ގާއިމުކޮށްނުދީ، ގަވައިދާއި ހިލާފު ކުރުމުން ސްޓިކާ ޖަހާތީ އާއްމު ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތިންވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.