އަލިކަލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކުގެ ތެރެއިން މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އިރު އެކުއްޖާގެ އަގައިން ފޮނަ އާއި ލޭ އަންނަމުން ދިޔަ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވިގެން 15 އަހަރުގެ ފިރިހެން ކުއްޖަކު މިއަދު 13:20 ހާއިރު، މާލޭ ސިޓީ ޕާކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.