ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އައްޔަނުކުރަން ހުށަހެޅި ނަންތައް އަނބުރާ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީއަށް މެންބަރަކު އައްޔަން ކުރުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީއަށް އައްޔަން ކުރަން ގާބިލު ކަމަށް ކަނޑައެޅެވޭނީ މަދުވެގެން 75 މާކްސް ލިބިގެންނެވެ.
އެންއައިސީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި 26 މީހަކު ވަނީ ކުރިމަތިލާފައެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ހުށަހެޅުއްވީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުން ދިރާސާކޮށް ކޮމިޓީން ފޮނުވި ރިޕޯޓު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ.