ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ 10 ދާއިރާ އަކުން ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތަށެވެ.
އެ ދާއިރާތަކަކީ މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖީނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއާސް އަދި ސަޕޯޓް ސާވިސްއެވެ.
ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުންވެސް ބައެއް ޝަރުތުތައް ހިމެނެއެވެ. އެ ޝަރުތުތަކަކީ:،
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން
- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވް
- އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި)
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން
ސިފައިންގެ ވަޒީފާ އަށް އެދޭ ފޯމާއި ކުށުގެ ރެކޯޑުފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ 14:00 އަށެވެ.