ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ދެ މީހަކު ކޯޓަށް ހާޟިރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ.ދިއްފުށި، އޯޝަންވިލާ، އަޙްމަދު ޝާހިދު (45އ) އާއި ރ.ކަނދޮޅުދޫ، ކެމަރާގެ، މުޙައްމަދު ޢަބްދުއްރައްޒާޤު (43) އެވެ.

އަޙްމަދު ޝާހިދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 7 ވަނަ ދުވަހުގެ 10:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުއްރައްޒާޤު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 7 ވަނަ ދުވަހުގެ 11:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މިމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *