މެދުރާއްޖެތެރޭގެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައިގައި އެ ދެ ކުދިން ބަޔާން ނަގަން ކުދިން މާލެ ގެނެސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ދެކުދިންގެ އާއިލާގެ މީހެކެވެ.
އެ ދެކުދިން މާލެ ގެނެސްފައިވަނީ އާދިއްތަ ދުވަހުއެވެ. އެ ކުދިން މާލެ ގެނައީ ޑޮކްޓަރަށް ދެއްކުމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުން ނަގަން ޖެހޭ ބަޔާންތަކެއް ނެގުމަށެވެ.
ފުލުހުން ވިދާޅުވީ، ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަ ދެ ކުއްޖަކާ ބެހުނު މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ އަންގާރަ ވިދާޅުވީ، ދެ ކުދިން ވެސް މިހާރު ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.