އެއްބަނޑު އެއްބަފާ ދެބެއިންގެ ދެމެދު މާރަމާރީއެއް ހިނގައި ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ ދެބެއިންނެވެ. އަދި މާރާމާރީ ހިނގީ ދެ އަންހެން ކުދިންގެ ދެމެދުގައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ދެ ކުދިންގެ މެދުގައި ޖެހުނު މައްސަލައަކާ ހެދި އެއް ކުއްޖަކު ވަޅިއެއް އެއްލާ އަނެއް ކުއްޖާ ޒަހަމްކޮށްލީއެވެ. ނަމަވެސް އެ ޒަހަމް އެހާ ބޮޑެއް ނޫނެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.