އިންޓަނޭޝަނަލް ސެންޓަ ފޮރ ޕާލިއަމެންޓްރީ ސްޓަޑީޒްގެ 18 ވަނަ ފޯރަމް ދިވެހިރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވިދާޅުވީ، އައިސީޕީއެސްގެ 18 ވަނަ ފޯރަމު ވެގެންދާނީ ރާއްޖޭގެ ބޭއްވޭ އިންތިހާބީ ކަންކަމާއި ގުޅުން ހުރި އެންމެ ބޮޑު ފޯރަމަށް ކަމަށެވެ.

އީސީން އިތުރަށް ވިދާޅުވީ، އެ ފޯރަމު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި، އަދި އެ ފޯރަމު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެ ފޯރަމަކީ އިލެކްޝަންސް ކޮމިޝަން އަދި އައިސީޕީއެސް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

އެ ފޯރަމްގައި ދުނިޔޭގެ ގާތްގަނޑަކަށް 60 ގައުމުގެ ތަފާތު ފެންވަރުގެ އިންތިޚާބާ ބެހޭ މަރުކަޒުތަކުގެ އިސްވެރިންނާ، އިންތިޚާބުގައި ބޭނުންކުރާ ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކާ، ބައިނަލްއަގުވާމީ ފެންވަރުގެ އޮބްޒާވަރުންނާއި، ޖަމިއްޔާތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފޯރަމްގައި ރާއްޖޭގައި ހަތް ސިޔާސީ ޕާޓީއަކާއި ހަތަރު ޖަމިއްޔާއަކުން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *