ކުށުގެ ވެށިން ފޯދެމުން އަންނަ ޅަ ދަރިން ދުރުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި، ކޮޅުމަޑުލު ވަންދޫ ކައުންސިލަރުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ކުށުގެ ވެއްޓަށް ކުޑަކުދިން ވަންނަ މިންވަރު އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާ ހިސާބެއްގައި ކަމަށެވެ. އަދި ހާއްސަކޮށް ޑްރަގް ނުވަތަ މަސްތުވާތަކެތީގެ ވަބާގައި  ޖެހެމުން އަންނަ ކުޑަކުދިންގެ އަދަދު ގިނަ ކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ކުޑަކުދިން ކުށުގެ ވެއްޓަށް ވަނުމުން އެކަމުގެ ޒިންމާ ސަރުކާރުންވެސް ނަގަން ޖެހޭ ކަމަށެވެ.

"ކުޑަކުދިން ކުށުގެ ވެއްޓަށް ވަނުމަކީ އަޅުގަނޑުމެންނާއިވެސް ގުޅިފައިވާ މައްސަލައެއް، މީގައި ވަކިބަޔަކު ކުށްވެރިކުރެވޭކަށް ނެތް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ހާއްސަ ކެމްޕޭން ތަކެއް ހިންގަން ޖެހޭ ކަމަށާއި އަދި އެކުދިންނަށް ރިވެތި އަހުލާޤެއް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިން ދުންފަތާއި ދުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ހެލްތް މިނިސްޓްރީއިން ސަރުކާރާއި ގުޅިގެން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމުގެ އުފާވެރި ހަބަރު ނައިބު ރައީސް ވަނީ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *