ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާން މިއަދު ބާތިލްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް މެއި މަހު ކުރި އިއުލާނާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޫން މަހު ކުރި އިއުލާން ބާތިލް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ދެކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާން ބާތިލްކުރި ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާން ބާތިލްކޮށްފައިވާއިރު، އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ބައެއް ކޯޓުތަކުގެ މައްސަލަތައް ދިގުދެމިގެން ދަނީ ފަނޑިޔާރުން މަދުވުމުގެ ސަބަބުން ކަމަށެވެ.