"ކްލައިމެޓް އެކްޝަން ސަމިޓް" އަށް ތައްޔާރުވުމަށްޓަކައި އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި މިދިޔަ ޖޫން މަހު ބޭއްވި "ތިމާވެއްޓާއި ސިއްހަތާ ގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި" ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

"ތިމާވެއްޓާއި ސިއްހަތާ ގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި" ރާއްޖޭގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިހާރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާ ގުޅޭ ފަންޑުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ މަައްސަލަތައް ފާހަގަކުރައްވައި އެކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި މިކަމުން ދިމާވާ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާއިއެކު މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.