ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގައި ހުންނަ އޯކިޑް ގާޑެންއަށް ޒިޔާރަތްކޮށްފިއެވެ.

ސިންގަޕޫރުގައި ހުންނަ އެ އޯކިޑް ގާޑެންއަކީ އެގައުމަށް ޒިޔާރަތް ކުރާ ހުރިހާ މެހެމާނުން އަދި ފަތުރުވެރިންވެސް ވަރަށް ޝައުގުވެރިކަމާއިއެކު ބަލައިލަން ޒިޔާރަތްކުރާ ތަނެކެވެ.

ރައީސް ޞާލިހްގެ ދެކަނބަލުން ވަނީ އެ ގާޑެންއަށް ޒިޔާރަތްކުރައްވާ އެތަނުގައި ހުރި އޯކިޑް މާތައް ބައްލަވާލައްވާފައެވެ.

ރައީސްގެ ދެ ކަނބަލުން އެތަނަށް ޒިޔާރާތްކުރެއްވުމުން ސިންގަޕޫރުގެ ސްޓޭޓް މިނިސްޓާ ފޯ ޑިފެންސް ޑރ. މާލިކީ އުސްމާން ވަނީ އެތަނުން މަރުހަބާ ދަންނަވާފައެވެ. 

އޯކިޑް ގާޑެންއަށް ޒިޔާރަތް ކުރައްވާ ރައީސްގެ ދެކަނބަލުން ވަނީ އެތަނަަށް ދާ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއިވެސް ކުރައްވާފައެވެ.

އޭގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ "ޕުލާއޯ ސެމަކާއޯ ލޭންޑްފިލް" އަށް ވެސް ޒިޔާރާތްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *