ފ.މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނދުމަށް ފަހު، އެ އިދާރާގެ ދޮރު ފަޅާލައިގެން ވަދެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 9 ދިވެހި ފިރެހެނުން ކަމަށެވެ.

އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، 23 އަހަރުގެ ދެ މީހުންނާއި، 24 އަހަރުގެ ދެމީހުންނާއި، 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހަކާއި އަދި 38 އަހަރުގެ މީހެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވުމުން ކޯޓުން އެމީހުންގެ ބަންދަށް 5 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *