ބޮލީވުޑްގެ ކުޅަދާނަ އަދި ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އޭނާގެ އަންހެނުން ޓްވިންކަލް ހަންނާ އަދި ދަރިފުޅާއިއެކު ޗުއްޓީ ހޭދަކުރަން ލަންޑަނަށް ގޮސްފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަކްޝޭ ޗުއްޓީ ހޭދަކުރަން ލަންޑަން ފުރީ އޭނާގެ އަންހެނުން އަދި ކުޑަ އަންހެން ދަރިފުޅު ގޮވައިގެންނެވެ.
އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ހަންނާ އަކީވެސް ކުރީގައި މޮޅު ފިލްމުތަކެއް ކުޅުނު މަޝްހޫރު ބަތަލާއެކެވެ. ނަމަވެސް ޓްވިންކަލް ވަނީ އަކްޝޭ އާއި ކައިވެނީގެ ގޮތުން ގުޅުމަށް ފަހު ފިލްމު ކުޅުން ހުއްޓާލާފައެވެ.
އަކްޝޭ ކުމާރު އަދި ޓްވިންކަލް ހަންނާގެ ދެ ދަރިން ތިބެއެވެ. އެއީ ފިރެހެން ކުއްޖަކާއި އަދި އަންހެން ކުއްޖެކެވެ. ފިރެހެން ކުއްޖާގެ ނަމަކީ އާރަވް ކުމާރެވެ. އަދި އަންހެން ކުއްޖާގެ ނަމަކީ ނިތަރާ ކުމާރެވެ. އެދެމެފިރިންނާއިއެކު ލަންޑަން ގޮސްފައިވަނީ އެމީހުންގެ އަންހެން ދަރި ނިތަރާއެވެ.
އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކެޓްރީނާ ކެއިފްއާއިއެކު ފިލްމު "ސޫރިޔަވަންޝީ"އިންނެވެ.