ކ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލައިގައި ޖިނާއީ މައްސަލަތައް އުޅޭތީވެ، އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީން މިއަދު އާންމުކުރި މަޢުލޫމާތުގައިވާގޮތުން، ފަނޑިޔާރު ރާޣިބުގެ މައްސަލަ ބަލާ ނިމެންދެން ނުވަތަ ޖޭއެސްސީން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑުކުރަން ނިންމާފައިވާކަމަށެވެ. އެކޮމިޝަންގެ ޑިރެކްޓާ ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ރާގިބުއ އިތުރަށް ވަޒީފާއަށް ދާނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ކަނޑައަޅައި އޭނާ ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަައިގެ ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގައި ޖިނާއީ ބައިތަކެއް ވެސް ހިމެނޭ ކަމަށާއި އެހެންވެ އެކަންކަން އިތުރަށް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެކެވެ.