ބަރަހަނާ ހާލުގައި މާލޭގެ މަގުމަތީ ހިނގާފައިދިޔަ މީހަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ބަރަހަނާ ހާލުގައި އަމީނީ މަގުން ހިނގާފައިދިޔަ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 18:46 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މި މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އޭނާ ގޭގައި ހުރެފައި މަގު މައްޗަށް ނިކުތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށުން އަތޮޅުވެއްސަށް ގެންދިޔުމަށްފަހު މުންޑެއް ލައްވައިގެން ގެންގޮސް މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *