މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އެ ކްލަބުގައި އިތުރު ހަތަރު އަހަރު މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ރަޝްފޯޑް އެންމެ ފުރަތަމަ ޔުނައިޓެޑްގެ އެކަޑެމީއާ ގުޅުނީ އުމުރުން ހަތް އަހަރުގައެވެ. އޭރުން ފެށިގެން، އެ ކުލަބުގެ އެކި އުމުރު ފުރާތަކުގެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސީނިއާ ޓީމަށް ނެގީ 2016 ވަނަ އަހަރުގައެވެ.

"އަހަރެންނަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ޔުނައިޓެޑަށް." ރަޝްފޯޑް ބުންޏެވެ.

ޔުނައިޓެޑަށް މިހާރު 170 މެޗު ކުޅެދީފައިވާ ޒުވާން ފޯވާޑް ވަނީ އިނގިރޭސި ގައުމީ ޓީމަށްވެސް 32 މެޗު ހަމަކޮށްފައެވެ.

"މި ކްލަބުގައި ޖާޒީގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ އަހަރެންނަށް ލިބުނު ބޮޑު ފަޚުރެއް."

"ޔުނައިޓެޑަށް ކާމިޔާބު ދުވަސްތަކެއް ގެނެސްދިނުމަށް އަހަރެންނަށް ކުރެވެން އޮތް މަސައްކަތެއް ކުރާނަން." ރަޝްފޯޑް ބުންޏެވެ.

މިހާރު ޔުނައިޓެޑްގެ ކޯޗުކަމާ ދާއިމީގޮތުން ހަވާލުވެފައިވާ އެ ކްލަބުގެ ކުރީގެ ތަރި އޮލެ ގުނާ ސޯލްޝަޔާ ސިފަކުރާ ގޮތުގައި ރަޝްފޯޑަކީ މި ޖީލުގައި އިނގިރޭސިވިލާތުގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ނިމިދިޔަ ސީޒަނުގައި ލީގުގެ ހަ ވަނައިގައި އޮވެ ނިންމާލި ޔުނައިޓެޑުން، އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ގެނެސްފައިވާ ދެ ކުޅުންތެރިންނަކީ ސްވަންސީ ސިޓީ އަށް ކުޅުނު ވޭލްސްގެ ޒުވާން ވިންގާ ޑެނިއެލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *