ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީއެންސީ އަދި ޕީޕީއެމް ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ހާޖަރާގެ ލުތުފީއާއި ގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރަން ޖެހޭ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ މީޑިއާއަށް ހުރިހާ މައުލޫމާތެއް ހިއްސާ ކުރާނެ ސަރުކާރަކަށް ހަދާނަމޭ ބުނި ބުނުމަށް، އަބްދުﷲ ލުތުފީ ރާއްޖެ އަނބުރާ ގެންނަން ޖެހުނު ހިސާބުން ނިމުން އައިސްފައިވާ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ހާޖަރާގެ ލުތުފީ ރާއްޖެ ގެނައުމަށް ގޮވާލައި މުޒާހަރާއަށް ނިކުތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ހާޖަރާގޭ ލުތުފީ ރާއްޖެ ނުގެނެވި ލަސްްވާ މައްސަލައިގަ ސަރުކާރަށް އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *