ޚަބަރު
“‘ސައުދާފޯޑެޕިއުޓީސްޕީކާ’ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ނޫން: ސައުދާ

“ސައުދާފޯޑެޕިއުޓީސްޕީކާ” ގެ ނަމުގައި އެކްސްގައި ދައުރުވަމުންދަނީ ފޭކް އެކައުންޓެއް ކަމަށް ނިލަންދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި ފާތިމަތު ސައުދާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ސައުދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ “ސައުދާ ފޯ ޑެޕިއުޓީ ސްޕީކާ”ގެ ނަމުގައި ހުޅުވާފައިވާ އެކްސް އެކައުންޓެއްގެ ސްކްރީން ޝޮޓެއް ހިއްސާކޮށްފަ އެވެ. އެއަށްފަހު އެކްސްގެ އެ ޕޯސްޓުގައި ސައުދާ ލިޔުއްވާފައިވަނީ އެ އަކައުންޓަކީ އޭނާއާ ގުޅުން އޮތް އެކައުންޓެއް ނޫން ކަމަށެވެ.

ސައުދާ ވިދާޅުވީ އޭނާގެ މަސައްކަތްތައް ތަރުތީބު ވެގެންދަނީ އަދި ދާނީވެސް ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ. އެހެންކަމުން އޭނާގެ ނަމުގައި މިފަދަ ފޭކް އެކައުންޓްތައް ނުހުޅުވުމަށް ސައުދާ އިލްތިމާސްކުރައްވާފައި ވެއެވެ.

 

ސައުދާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ވަނީ އެއެކައުންޓަކީ ސައުދާގެ ފޭން އެކައުންޓެއް ކަމަށް ބުނެފަ އެވެ.

މިމަހުގެ 28 ވަނަ ދުވަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ނައިބް ރައީސްކަމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ މެމްބަރުންނެއް އެ ޕާޓީ އަދި ހާމައެއް ނުކުރެ އެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ އެ ނިންމުމަކީ ޕާޓީ ލެވެލްގައި މަޝްވަރާކުރުމަށްފަހު ނިންމާނެ ނިންމުމެއް ކަމަށެވެ.

10
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top