މާލޭގެ ގެއެއް ތެރެއިން ފުލުހުން ޝައިމް ހޯދައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ފިލި އުމުރުން 14 އަހަރުގެ ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައި، ފިލައިގެން އުޅެނިކޮށެވެ.

ފުލުހުންގެ ފަރާތުން ކުރި ޓުވީޓަކުން ވަނީ ޝައިމް ހޯދާފައިވާ ކަން ޔަގީންކޮށްދީފައެވެ. ނަމަވެސް ފުލުހުން އަދި ޝައިމް ހޯދީ ކޮންތާކުން ކަމެއް އަދި ކޮން އިރަކު ކަމެއް މީޑިއާތަކާއި ހިއްސާއެއް ނުކުރެއެވެ.

ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *