އިހު ޒަމާނުގައި ރާއްޖޭގައި ބޭނުން ކުރަމުން ދިޔަ ފައިސާއާއި، މިހާރު ބޭނުން ކުރަމުން އަންނަ ފައިސާ ފެންނާނެހެން ބެހެއްޓުމަށް ފައިސާ ގެލެރީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގައި ހުޅުވައިފިއެވެ.
މި ގެލެރީ ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
ގެލަރީ ހުޅުއްވައިދިނުމުގެ ރަސްމިއްޔާތުގައި ގަވަރނަރ އަޙްމަދު ނަސީރު ވިދާޅުވީ، މި ގެލެރީގެ ސަބަބުން ދިވެހިންނަށާއި ފަތުރުވެރިންނަށް ރާއްޖޭގައި ބޭނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ފައިސާގެ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށެވެ.
އެމްއެމްއޭގައި ހުޅުވާފައިވާ ފައިސާ ގެލެރީގައި ބާރަސަތޭކަ ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
ކަރަންސީ ގެލެރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 2:00 އާ ހަމައަށެވެ.