މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރުވަންޑާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ރުވަންޑާއަށް މިއަދު ފުރައިވަޑައިގެންނެވީ، ކިގާލީ ގްލޯބަލް ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އެއް ފަހަރު ދުނިޔޭގެ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ. 

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާއިރު، އެބޭފުޅާ ގައުމުތަކުގެ ކުރިމަގާއި ބެހޭ ގޮތުން އެ ޕެނަލްގައި މަޝްވަރާކުރައްވާނެއެވެ.

އެބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޖަަމިއްޔާތަކާއި އިންސްޓިޓިއުޝަން ތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *